ފްލޯރ ކްރޮސިންގގެ ބަހުސް

މިހާރު އެންމެ ބޮޑަށް ބަހުސްކުރެވޭ މައްސަލައަކީ، ފްލޯރ ކްރޮސިންގގެ މައްސަލައެވެ. މިއީ، މުހިންމު ޤައުމީ މައްސަލައަކަށްވާތީއާއި، އެކަމުގެ ރާޅުބާނި އަސަރު ވަރަށް ދުރަށް ދެމިގެންދާނެތީ، މިކަމުގައި އަޅުގަނޑު ދެކޭގޮތް ސާފުކޮށް ދަންނަވާލަން ބޭނުންވެއެވެ. މުޅި މަސައްކަތު ޙަޔާތްހެން ވޭތުވެގެން މިދިޔައީ، ރައްޔިތުންގެ މަޖިލިހާގުޅޭ މަސައްކަތްތަކުގައި ކަމުގައިވާތީ، އެތަނަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި އެއްޗެއް ނުބުނެ ހުންނަން އުނދަގޫކަމުންނެވެ. މި މައްސަލައިގައި އަޅުގަނޑުގެ އަމިއްލަ އެއްވެސް މަސްލަޙަތެއް ނެތެވެ. އަޅުގަނޑުގެ ގޮނޑި ގެއްލިދާނެ ކަމެއް އަދި ދިމަލެއް ނުވެއެވެ. […]

Share