ތިމާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު

ޖިނާޢީ ދަޢުވާގެ ޝަރީޢަތް ކުރެވޭހިނދު، ދަޢުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، އިންސާނީ އަސާސީ ޙައްޤުތަކުގެ ތެރެއިން ރައްކާތެރިކުރެވިގެންވާ ޙައްޤެކެވެ. ރާއްޖޭގައިވެސް، މި ޙައްޤަކީ، ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤުގެ ފެށުން ގުޅިފައިވަނީ، އިންސާނީ ޙައްޤުތަކުގެ އާލަމީ ޤަރާރުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއެވެ. ޖިނާޢީ ދަޢުވާއެއް ކުރެވޭހިނދު، އެ ދަޢުވާ ރައްދުވާ މީހާއާމެދު ޢަދުލުވެރި އަދި ހަމަހަމަކަމާއެކު ޝަރީޢަތް ހިންގުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނާ ހިސާބުންނެވެ.

Share