ޙުކުމާއި އިލެކްޝަންސް ކޮމިޝަނުގެ ދައުރު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގެ ޙުކުމްތަކާއި އަމުރުތަކަށް ތަބާނުވެ އެ ކޯޓުގެ ޙުރުމަތް ކެނޑިކަމަށްވެ، އެ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސްގެ މަގާމުގައި އޭރު ތިއްބެވި ދެބޭފުޅުން، އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިބުމުގެ ޙައްޤާއި ހައިސިއްޔަތުވެސް ގެއްލިއްޖެކަމަށް ކަނޑައަޅައި، އެ ދެ ގޮނޑި ހުސްވެއްޖެކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމެއް މިއަދުވެސް އެބައޮތެވެ. އެއީ، އެ ކޯޓުގެ ނަންބަރު SC-SM/15/2014 (9 މާރިޗު 2014) ޤަޟިއްޔާގެ ޙުކުމެވެ.

Share

ފްލޯރ ކްރޮސިންގގެ ބަހުސް

މިހާރު އެންމެ ބޮޑަށް ބަހުސްކުރެވޭ މައްސަލައަކީ، ފްލޯރ ކްރޮސިންގގެ މައްސަލައެވެ. މިއީ، މުހިންމު ޤައުމީ މައްސަލައަކަށްވާތީއާއި، އެކަމުގެ ރާޅުބާނި އަސަރު ވަރަށް ދުރަށް ދެމިގެންދާނެތީ، މިކަމުގައި އަޅުގަނޑު ދެކޭގޮތް ސާފުކޮށް ދަންނަވާލަން ބޭނުންވެއެވެ. މުޅި މަސައްކަތު ޙަޔާތްހެން ވޭތުވެގެން މިދިޔައީ، ރައްޔިތުންގެ މަޖިލިހާގުޅޭ މަސައްކަތްތަކުގައި ކަމުގައިވާތީ، އެތަނަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި އެއްޗެއް ނުބުނެ ހުންނަން އުނދަގޫކަމުންނެވެ. މި މައްސަލައިގައި އަޅުގަނޑުގެ އަމިއްލަ އެއްވެސް މަސްލަޙަތެއް ނެތެވެ. އަޅުގަނޑުގެ ގޮނޑި ގެއްލިދާނެ ކަމެއް އަދި ދިމަލެއް ނުވެއެވެ. […]

Share