ދައުލަތުގެ ނަމުގައި ސަރުކާރުގެ ނަމުގައި ކުރާ ވިޔަފާރިއަށް އިތުބާރު އާލާކުރުން

ދައުލަތުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތްތަކަކީ، ޤާނޫނުގައި ރަނގަޅު، ޤާނޫނުގައި އާރުލާ، ވިޔަފާރި މުޢާމަލާތްތަކަށްވުން ކޮންމެހެން ބޭނުމެވެ. ދައުލަތުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތްތަކުގައި، ކުށެއް ކުރުމަކާ ނުލައި، ނުރަނގަޅު ޢަމަލެއްކުރުމަކާ ނުލައި، ބައިވެރިވާ އިންވެސްޓަރަށް ނުވަތަ ވިޔަފާރިވެރިޔާއަށް (އިނަސަންޓް ތަރޑް ޕާޓީއަށް) ޤާނޫނުގެ ރައްކާތެރިކަން ލިބިދިނުމަކީ، ދިވެހި ދައުލަތުގެ މައްޗަށް ނުވަތަ ދިވެހި ސަރުކާރުގެ މައްޗަށް އިތުބާރު އުފައްދައި ދެމެހެއްޓުމަށް އަސާސީ ފެންވަރުގައި ބޭނުންތެރި ކަމެކެވެ. އަދި، […]