ފަހުމީ މައްސަލަ – ސުޕްރީމް ކޯޓުގެ ޙުކުމް – ޚުލާޞާ ދިރާސާ

ފަހުމީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ޙުކުމް އައުމުން، އެ ޙުކުމަކީ، މައްސަލައިގެ އެންމެފަހުގެ ނިންމުން ކަމުގައި ޤަބޫލުކުރަމެވެ. އެ ޙުކުމުގައި ކިތަންމެ އުނިކަމެއް ހުރިކަމަށް ޤަބޫލުކުރެވުނުނަމަވެސް، އަދި، އެ ޙުކުމް ބިނާވެފައިވަނީ ރަނގަޅު ޤާނޫނީ އަސާސްތަކެއްގެ މައްޗަށްކަމުގައި ބަލައިގަންނަން ކިތަންމެ ދަތިވިކަމުގައިވީނަމަވެސް، އެ ޙުކުމަކީ، ސުޕްރީމް ކޯޓުގެ ޙުކުމް ކަމުގައިވާތީ، އެ ޙުކުމް ޤަބޫލުކޮށް، އެއަށް ތަބާވުމަކީ، އަޅުގަނޑުމެން ބަލައިގަނެގެން މިތިބި ދުސްތޫރީ ނިޒާމު އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެހެންކަމާއެކުގައިވެސް، ޢިލްމީ ނަޒަރަކުން، އެ ޙުކުމުގެ […]