އިންޓަރނެޓް ސަބްސިޑީގެ ބިލު
ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތަކީ، އަގުހެޔޮ ޚިދުމަތެއް ނޫނެވެ. އެހެންކަމުން، ދިވެހި އާބާދީގެ 75 އިންސައްތަ ހިއްސާކުރާ ޒުވާނުންނަށް އިންޓަރނެޓްގެ ފަސޭހަކަން ހޯދުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.
އިންޓަރނެޓް މެދުވެރިކޮށް، ޢިލްމު ހޯދައި، ހޭލުންތެރިކަން އިތުރުކޮށް، އުފެއްދުންތެރިކަން މުއްސަނދިކޮށް، ޚިދުމަތްދިނުން އަވަސްކުރުމަށް ހުރަސްތަކެއް އެބަހުއްޓެވެ. ޢިލްމު ހުރި ހޭލުންތެރި މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމުގައި، އިންޓަރނެޓް ކަހަލަ ޓެކްނޮލޮޖީއެއްގެ ފަސޭހަކަން ހޯދައި ލިބިގަތުމަށް ޒުވާނުންނަށާއި ދަރިވަރުންނަށް ދަތިތަކެއް އެބަހުއްޓެވެ.
އިންޓަރނެޓް ބޭނުންކުރާ ދަރިވަރުންނަށާއި ތަޢުލީމު ދޭ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް ހެޔޮ ކުޑަ އަގެއްގައި އިންޓަރނެޓްގެ ޚިދުމަތް ލިބޭނޭ މަގެއް ފަހިވާން އެބަޖެހެއެވެ. އިންޓަރނެޓަކީ، އަސާސީ ޚިދުމަތެއްކަމުގައި ބަލަން އެބަޖެހެއެވެ.
އިންޓަރނެޓް ސަބްސިޑީއެއްގެ ވާހަކަ މި ޤައުމުގައި ދައްކަން އެބަޖެހެއެވެ.

