88 ވަނަ މާއްދާގެ (ށ) ގެ މައްސަލަ
ރައްޔިތުންގެ މަޖިލީހަށް ދަޢުވާ ލިބޭގޮތަށް ދައުލަތުގެ މައްޗަށް ނެކްސްބިޒުން ސިވިލް ކޯޓުގައި ކުރާ ދަޢުވާގެ ސަބަބުން، އަނެއްކާވެސް އުފެދިގެންމިދަނީ، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ މުޠުލަޤު ރައްކާތެރިކަމުގެ ފަރުދާ ތޮރުފާލުމުގެ މައްސަލައެވެ.
މިކަމަކީ، މިގޮތަށް ހިނގަން ދޫކޮށްފިނަމަ، މަޖިލީހަށް ޤާނޫނުއަސާސީން ޙަވާލުކޮށްފައިވާ އަސާސީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންނެތް ހުރަސްތައް އެޅި، މަޖިލީހުގެ އެންމެ އަސާސީ އެންމެ އިބްތިދާއީ އިމްތިޔާޒަށް އުނިކަން އަންނާނެ ކަމެއްކަން ކަށަވަރެވެ.
އަދި، މަތީގައި އެވާ ވީޑިޔޯގައި އިޝާރާތްކުރާ އިތުރު ދެ މައްސަލަ ކަމުގައިވާ ފަހުމީ މައްސަލައިގެ ކޯޓު އަމުރާއި ސިއްރު ވޯޓު މައްސަލައިގެ ކޯޓު އަމުރާ ގުޅޭގޮތުން، އަޅުގަނޑު ދައްކާފައިވާ ވާހަކަ ބައްލަވަން ބޭނުންފުޅުނަމަ، މި ޖުމްލައިގައި ފާހަގަކޮށްފައިއެވާ ދެ ލިންކުން ކަމާގުޅޭ ވީޑިޔޯ ފެނިވަޑައިގަންނަވާނެއެވެ.

