ސަރުކާރުން ކޮމިޓީއަށް ޙާޒިރުނުވުން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ކޯނީ ރިޕޯޓު ދިރާސާކުރަމުންދަނީ، އެ ކޮމިޓީއަށް ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ދާއިރާއިން ބޭރުންކަމުގައި އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑާބެހޭ އެއްވެސް ވާހަކައެއް އެ ކޮމިޓީގައި ދައްކައިގެނެއް ނޫނެވެ.

މަސްއޫލިއްޔަތު ކޮމިޓީން ކޯނީ ރިޕޯޓު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއް ކަމުގައިވާ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ” އަށް ކޯނީ ރިޕޯޓު އެ މައްޗަށް ބިނާވެގެންވާ ތަޙްޤީޤު ހިންގޭނެކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެހެން އަޅުގަނޑަށް ފެންނަ ސަބަބުތައް މި ވީޑިޔޯގައި ބަޔާންކޮށްފައި އެވަނީއެވެ. އަދި، ހަމައެހެންމެ، އެ ކޮމިޓީއަށް ބަޔާން ދިން ފަރާތްތަކުގެ ބަޔާންތަކުގެ އޯޑިއޯއާއި ލިޔުން ޢާންމުކުރެވޭނެ ކަމަކަށްވެސް އަޅުގަނޑު ނުދެކެމެވެ. އެހެން އަޅުގަނޑަށް ފެންނަ ސަބަބުތައް މި ވީޑިޔޯގައި ބަޔާންކޮށްފައި އެވަނީއެވެ. މަތީގައިއެވާ ދެ ނުކުތާއަށްވެސް، އަޅުގަނޑު […]