މަޖިލީހުގެ މެންބަރުންގެ މުސާރައަށް ބަދަލުގެނައުން

މަޖިލީހުގެ މެންބަރުންގެ މުސާރަ ކަމަށްވާ 42500 ރުފިޔާއާއި މެންބަރުންނަށް ދޭ ދިރިއުޅުމުގެ އެލަވަންސް ކަމަށްވާ 20000 ރުފިޔާ އެއްކޮށްލުމަށްފަހު، މެންބަރުންގެ ޖުމްލަ އަދި އަސާސީ މުސާރައަކީ، 62500 ރުފިޔާ ކަމުގައި ހަމަޖެއްސުމަށް ޢާންމު ކޮމިޓީން ނިންމި ނިންމުމަށް ތާއީދެއް ނުކުރަމެވެ. ތާއީދުކުރެވޭކަށްވެސް ނެތެވެ. އަންނަނިވި ސަބަބުތައް އެހެން ހުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުށުގެ ތުހުމަތުކުރެވޭ މީހުން ތިބުން

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް ބަލައިގަންނަން ރައްޔިތުންނަށް އުނދަގޫވަނީ، ރައްޔިތުންގެ މަޖިލީހުގައި ތަފާތު ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ތިބުމުން ކަމުގައި ވާހަކަ ދެކެވެއެވެ. އެމީހުން ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ނުވާނެކަމަށާއި، އެމީހުން ތިބުމުން، ރައްޔިތުންގެ މަޖިލީހާމެދު އިތުބާރު ނުކުރެވޭކަމަށް ބައެއް މީހުން ބުނަމުންދެއެވެ.