ހަނުހުރުމުގެ އުސޫލުތައް ކަނޑައަޅަން މަޖިލީހަށް

ހަނުހުރުމުގެ ޙައްޤުގެ ބިލުގެ ނަމުގައި އަޅުގަނޑު މަޖިލީހަށް ބިލެއް ފޮނުވައިފީމެވެ. އެ ބިލުގެ ބޭނުން މި ލިޔުމުގައި މި ލިޔަނީއެވެ. “ހަނުހުރުން” މި ލަފްޒު ރާއްޖެއަށް ފުރަތަމަފަހަރަށް ތަޢާރަފުކޮށްދީފައިވަނީ، 2008 ގެ ޤާނޫނުއަސާސީންނެވެ. އަސާސީ ޙައްޤެއްގެ ގޮތުގައެވެ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އިންނެވެ. އެހެންނަމަވެސް، އެ ޙައްޤުގެ މާނައެއް، ނުވަތަ އެ ޙައްޤު ބޭނުންކުރެވޭނެ ހަމަތަކެއް، ނުވަތަ އެ ޙައްޤުގެ މާނައިގައި ހިމެނިގެންވާ އެއްޗެއް، ނުވަތަ އޭގައި ހިމެނިގެންނުވާ އެއްޗެއް ޤާނޫނުއަސާސީއަކު ބަޔާންކޮށެއް ނުދެއެވެ.

މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙަށް ތާއީދުކުރުން

މާލިއްޔަތު ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމަށް މަޖިލީހުގައި 2010 ގައި ނެގި ވޯޓުގައި، އަޅުގަނޑު ފިތީ ފެއްސަށެވެ. އެ ބިލު އެ އޮތްގޮތަށް ތަޞްދީޤު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުން، ދެންވެސް ހަމަ ކުރިން އޮތްގޮތަށް ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައިވެސް އަޅުގަނޑު ފިތީ ފެއްސަށެވެ. އެ ބިލު ފާސްވާން އަޅުގަނޑު ބޭނުންވީ، ކޮންމެހެން ވަކި މީހަކަށް ޖެއްސުން ކުރާކަށް ނުވަތަ ވަކި މީހެއްގެ ބާރު ކަނޑުވާލާކަށް ނޫނެވެ. އެ ބިލު ފާސްވާން އަޅުގަނޑު ބޭނުންވީ […]