ސަތާރަސަތޭކަ ދިހަ މުވައްޒަފުންގެ މައްސަލަ

65 އަހަރުވެގެން ޚިދްމަތުން ވަކިކުރުމަށް ހަމަޖެހެމުންދާ މީހުން، ވަޒީފާއިން ވަކިނުވާގޮތް ހެދުމަށްޓަކައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލެއް ދެވަނަފަހަރަށް ހުށަހެޅުމަށްވެސް ސަރުކާރުން ވިސްނަވަމުން ގެންދަވާތީ، އެ ބިލުވެސް މިހާރުވަނީ އެކުލަވާލާ ނިމިފައެވެ. އިތުރު ތަފްސީލް »

ބައެއް ކޮމިޝަންތައް އުފެއްދުމުގެ ޤާނޫނު

ދިވެހި ސިވިލް ސަރވިސްގެ ތެރެއަށް ދާނެ ދައުލަތުގެ ޚިދްމަތްތަކުގެ ތެރެއިން ބައެއް ޚިދްމަތްތައް އެ ކޮމިޝަނުގެ ދަށަށް ނުގޮސް، ހަމަ އެފަދަ މިނިވަން އެހެން ކޮމިޝަންތަކެއްގެ ދަށަށް ފޮނުވުމުގެ ބޭނުމުގައި މިހާރުވަނީ ބިލެއް ޑްރާފްޓުކޮށް ނިމިފައެވެ. އިތުރު ތަފްސީލް »

ޕެޓިޝަންތެރޭ ފޭކު ދެ ސިޓީ

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް، އިޞްލާޙުގެނައުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގައި، މަޖިލީހަށް ބިލު ހުށަހަޅައި ދިފާޢުކުރީ އަޅުގަނޑުކަމުން، އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުން ހުއްޓާލަދިނުން އެދި ބައެއް އަމިއްލަ ފަރާތްތަކުން ޕެޓިޝަން ސިޓީތަކެއް އަޅުގަނޑަށް ފޮނުއްވިއެވެ. އިތުރު ތަފްސީލް »

ޤާނޫނީ އުސޫލުތަކާއި ދިވެހިބަސް

އެކިއެކި ކަންކަމަށް މަޖިލީހުގައި ވަކާލާތު ކުރައްވާ ބޭފުޅުން، ޤާނޫނުގެ މާއްދާއެއްގެ މާނަ ކުރެއްވުމުގައި، އެ މާއްދާއަކީ ސާފު ދިވެހިބަހުން، ނުވަތަ މައް ދިވެހި ބަހުން އޮތް މާއްދާއެއްކަމަށާއި، އެ މާއްދާގެ މާނަ އިތުރަށް ކޮށްދޭން ނުޖެހޭކަމަށާއި، ކޮންމެ މީހަކަށްވެސް، އެ މާއްދާ މާނަކުރެވިދާނެ ކަމަށާއި، ދިވެހި ބަހުން އޮތް އެއްޗެއް އަތްއަތަށް އަނބުރަން މަސައްކަތްކޮށްގެން ނުވާނެކަމަށް ވާހަކަދައްކަވާ ހައްދަވައެވެ. އިތުރު ތަފްސީލް »

ހަށަނަރަބަޅައާއި ޤާނޫނު ތަރުޖަމާކުރުން

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެންމެފަހުން އޮތް 267 ވަނަ ޖަލްސާގައި، އަޅުގަނޑު ނެގި ނިޒާމީ ނުކުތާއެއްގައި، ހަށަނަރަބަޅަ އެނގުމަކުން ޤާނޫނީ އުސޫލުތަކެއް ތަރުޖަމާކުރަން އެނގެންނުޖެހޭކަމަށާއި ޤާނޫނީ ޢިލްމު ދަސްކޮށްދޭ ހަތަރު ފަސްއަހަރުގެ ކޯސްތައް ދުނިޔޭގެ އެކި ތަންތަނުގައި ހިންގަނީ ސަބަބެއް އޮވެގެންކަމަށް ދޭހަވާގޮތަށް އަޅުގަނޑު ދަންނަވާލި ޕޮއިންޓާ ގުޅިގެން، ބައެއް ފަރާތްތަކުގެ މަލާމާތުގެ ކޮމެންޓާއި ނުރުހުމުގެ ކޮމެންޓު އަޅުގަނޑުގެ ބްލޮގަށް ލިބުނެވެ. ބައެއް ކޮމެންޓު ހުރީ ޝާއިޢުކުރަން ދަތިވާކަހަލަ ގޮތަކަށެވެ. އިތުރު ތަފްސީލް »

ޚާއްޞަ މަޖިލީހުގައި އޮތް އިންތިޤާލީ ދެބަސްވުން

އިންތިޤާލީ ބާބު، މިހާރު ޚާއްޞަ މަޖިލީހުގައި ހިނގަމުންދާއިރު، ދެބަސްވުން އުފެދިފައިވަނީ، ވަރަށް އަސާސީ މައްސަލަތަކެއްގެ މައްޗަށެވެ. އެ މައްސަލަތައް އަޅުގަނޑަށް ވިސްނިފައިވާގޮތަށް އަޅުގަނޑު ލިޔެލާފައި އެވަނީއެވެ. އިތުރު ތަފްސީލް »

ޑީ.އާރު.ޕީގެ އިންތިޤާލީ އަމާޒު

ޤާނޫނު އަސާސީ އިޞްލާޙުކުރުމުގައި ޑީ.އާރު.ޕީން ކުރަމުންދާ މަސައްކަތުގައި، އެކަށީގެންވާ މިންވަރަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، ޑީ.އާރު.ޕީން އިންތިޤާލީ އަމާޒު ހިފާގޮތް، އަޅުގަނޑަށް ވިސްނޭގޮތަށް ތިރީގައި ބަޔާންކޮށްލާނަމެވެ. މިއީ، ޑީ.އާރު.ޕީގެ އެއްވެސް ރަސްމީ ލިޔުމެއްގައި ނެތްކަމަކަށް ފަހަރުގައި ވެދާނެއެވެ. އިތުރު ތަފްސީލް »

ސިވިލް ސަރވިސްއާގުޅޭ ދެވަނަ އިޞްލާޙު

ދިވެހި ސިވިލް ސަރވިސްގައި ހިމެނެންނުވާނެ ބަޔަކު، ސިވިލް ސަރވިސްގެ ތެރެއަށް ދިޔުން ހުއްޓުވުމަކީ، ސަރުކާރުން މިއަދުވެސް ވިސްނާ ކަމެކެވެ. އެހެންކަމުން، މިހާރު އަޅުގަނޑު މަސައްކަތްކުރަމުން މިދަނީ، ދިވެހި ދައުލަތުގެ ޚިދްމަތްތަކުގެ ނިޒާމުގެ ތެރެއިން ބައެއް ޚިދްމަތްތައް ސިވިލް ސަރވިސް ފަދަ  މިނިވަން ޤާނޫނީ މުއައްސަސާތަކެއް އުފައްދައިގެން، އެ މުއައްސަސާތަކަށް ބަދަލުކުރުމުގެ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށެވެ. މިކަން އަޅުގަނޑު ވާނީ ދިވެހި މީޑިއާއަށްވެސް ހާމަކޮށްފައެވެ. އިތުރު ތަފްސީލް »

ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާނުކުރުން

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލު ހުށަހެޅުމުގައި ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާ ނުކުރާކަން ފާހަގަކޮށް އެކަން ބައެއް ފަރާތްތަކުން މައްސަލައަކަށް ހަދާފައިވެއެވެ. ޙަޤީޤަތަކީ، ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާކުރަންޖެހޭ ކަމެއް، ދިވެހި ސިވިލް ސަރވިސް ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލުގައި، ނުވެސް ނެތުމެވެ. އިތުރު ތަފްސީލް »

ސިވިލް ސަރވިސް ބިލު ފޭލިވުން

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމަށް ކުރި ފުރަތަމަ މަސައްކަތް ފޭލިވެގެން ދިޔައީ ތަފާތު ސަބަބުތަކާ ހެދިކަމުގައި މީޑިއާގައި، ސުރުޚީތައް އެޅިގެން ދިޔައެވެ. އިތުރު ތަފްސީލް »


© 2007 Mohamed Nasheed    |    " This site is best viewed with Microsoft Internet Explorer 7.00 + or Firefox 2.0.0.0 "